ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
ގދ.ތިނަދޫގައި ގެއަކަށްވަދެ ހުތުރުބަހުން ވާހަކަދައްކައި މާރާމާރީ ހިންގި މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ 22:38 ހާއިރު ގދ.ތިނަދޫގައި، މީހަކު ހުއްދަނެތި ގެއަކަށްވަދެ، އެގޭގައި ކުޑަކުދިންތަކެއްވެސް ތިއްބައި ހަޑިހުތުރުބަހުން ޒުވާބުކޮށް މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ތިނަދޫ/ފޫޓް ލައިޓް އާގެ، އުމުރުން 49 އަހަރުގެ އައިމިނަތު ފަޒްލީން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރު ކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ މެންދުރުފަހު ކަމަށް ފުލުހުން ހާމަކުރިއެވެ.

ފުލުހުން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މީހާ އެގެއަށްވަދެ ހަޑިހުތުރުބަހުން މުއާމަލާތުކޮށް މާރާމާރީ ހިންގާފައި ވަނީ ޓިކްޓޮކް ހޯސްޓުންތަކެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ އެގެއަށް ވަދެ އިންޒާރުދީ މާރާމާރީ ހިންގާފައިވަނީވެސް ޓިކްޓޮކް ލައިވްގައި ހުރެގެން ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު