ގދ. ތިނަދޫ
ގދ. ތިނަދޫ
ގެއަކަށް ހުއްދަނެތި ވަދެ މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައިގައި ހައްޔަރުކުރި ޓިކްޓޮކްގައި މަޝްހޫރު އައިމިނަތު ފޭޒްލީން ބަންދުން ދޫކުރާނީ ކަފާލާތަށް 10 ގަޑިއިރުތެރޭ 10،000 ރިފުޔާ ދެއްކުމުން ކަމަށް ފުލުހުން ބުނެފިއެވެ.

49 އަހަރުގެ ފޭޒްލިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އޭނާގެ އުފަން ރަށް، ގދ. ތިނަދޫގައި ގެޔަކަށް ވަދެ އެގޭގެ ކުޑަކުދިން ކުރިމަތީ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، މާރާމާރީ ހިންގައި އިންޒާރުދިން މައްސަލައެއްގައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ނިންމީ 10 ގަޑިއިރު ތެރޭގައި 10،000ރ. ދެއްކުމުން ބަންދުން ދޫކޮށްލުމަށް ކަމަށެވެ.

އެހެންނަމަވެސް ކޯޓުން ދީފައިވާ 10 ގަޑިއިރު ތެރޭ ކަފާލާތުގެ ފައިސާ ނުދައްކައިފި ނަމަ 15 ދުވަހަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މީހާ އެގެއަށްވަދެ ހަޑިހުތުރުބަހުން މުއާމަލާތުކޮށް މާރާމާރީ ހިންގާފައި ވަނީ ޓިކްޓޮކް ހޯސްޓުންތަކެއްގެ މެދުގައި ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އޭނާ އެގެއަށް ވަދެ އިންޒާރުދީ މާރާމާރީ ހިންގާފައިވަނީވެސް ޓިކްޓޮކް ލައިވްގައި ހުރެގެން ކަމަށް މައުލޫމާތު ލިބެއެވެ.



ކިޔުންތެރިންގެ ހިޔާލު