ހުޅުމާލޭ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލް އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުކުރު ދުވަހު ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ ހުޅުމާލެ އޯސީސީގައި މަސައްކަތްކުރާ 21 އަހަރުގެ ނޭޕާލް އަންހެނެއް ކަމަށެވެ.
އަދި އެ މައްސަލައިގައި ތުހުމަތުގައިވާ ޖަހަންގިރް މިއާ ނަމަކަށް ކިޔާ 25 އަހަރުގެ ފިރިހެނަކު އިއްޔެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 އިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
އޭނާ ހައްޔަރުކުރީ ސީސީޓީވީ ކެމެރާ ފުޓޭޖު ބަލައިގެންނާއި އެހެނިހެން ގޮތްގޮތަށް ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން މީހާ ދެނެގަނެ ލޮކޭޓް ކޮށްގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް މައްސަލައިގެ އިތުރު ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު