ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ)
ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ)
އައްޑޫ ހިތަދޫގައި މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ރޭ 1:17 ހާއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / ސަންރީފް. ޢަލީ އަސްޢަރު (30އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ޢަލީ އަސްޢަރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގައި އަނިޔާވީ 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ފަރުވާދެމުންދަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.



ކިޔުންތެރިންގެ ހިޔާލު