ބިޑަކާ ނުލާ ދެވޭ ކޮންކެ ބިމަކީ، ފަޅަކީ އަދި ރަށަކީ އެތައް ޖީލަކަށް ދެމިގެންދާ ބޭއިންސާފެއްކަމަށް ކުރީގެ ސައިންސް މިނިސްޓަރު އަދި ޕީއެންއެފްގައި އިސްކޮށް އުޅުއްވާ މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ބޭރުން މި ސަރުކާރުން ގޯތިތަކެއް ދޫކުރި މައްސަލައަށް އިޝާރާތް ކުރައްވަމުންނެވެ.
ބިންވެރިޔާ ލިސްޓުގައި ނެތް ބަޔަކަށް ގޯތި ދިން ކަމަށް ބުނާ މައްސަލައެއް މިދިޔަ އަހަރު ފަހުކޮޅު ފެންމަތިވިއިރު، އެ މައްސަލަ ފުލުހުންނާއި އޭސީސީން ދަނީ ބަލަމުންނެވެ. އަދި މި މައްސަލައާ ގުޅިގެން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވަނީ އިސްތިއުފާވެސް ދެއްވާފައެވެ.
މިކަމަށް އިޝާރާތްކުރައްވައި އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހު ވިދާޅުވީ ބިޑަކާ ނުލާ ދެވޭ ކޮންމެ ބިމަކީ, ފަޅަކީ އަދި ރަށަކީ އެތައް ޖީލަކަށް ދެމިގެންދާ ބޭއިންސާފެއް ކަމަށެވެ.
އަދި ދައުލަތައް ލިބެންޖެހޭ އާމްދަނީއެއް މަދުވުމަކީ ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި، ހަމަ އަގު ދައުލަތައް ހޯދުމަކީ މަޤާމްތަކުގައި ތިއްބަވާ ފަރާތުގެ ޒިންމާއެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު