މަޢުލޫމާތު ލީކު ކުރާކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާ އަށް އެ ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ދެމަހެއްހާ ދުވަސްކުރިން، އެ ކޮމިޝަންގެ އިންޓެލިޖެންސް ޔުނިޓްގެ ވެރިޔާ ކޭސް އިންވެސްޓިގޭޓަރަކަށް ބަދަލުކޮށްފައިވަނީ، ވެންޓިލޭޓަރުތަކުގެ ކޭސްއާ ގުޅޭ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތު ގައެވެ. މިކަމާ ގުޅިގެން އެ ކޮމިޝަނުން އިންޓަރނަލް ތަހުގީގެއް ކުރިޔަށް ގެންގޮސްފައިވީ ނަމަވެސް އޭނާ އެކަން ކުރި ކަމުގެ ހެއްކެއް އެތެރޭގެ ތަހުގީގުން ހޯދިފައި ނުވާ ކަމަށްވެއެވެ.
އޭސީސީން ތަހުގީގު ކުރާ މައްސަލަތަކާ ގުޅޭ މައުލޫމާތު އެއްކުރާ އިންޓެލިޖެންސް ޔުނިޓު މިހާރު ވަނީ ވަގުތީ ގޮތުން އެހެން މީހަކާ ހަވާލުކޮށްފައެވެ.
ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އޮޑިޓް އޮފީހުން ކޮށްފައިވާ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެއެވެ. އެ މައްސަލަތަކާއި ގުޅިގެން އެކަންކަން ތަހުގީގު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އޭސީސީއަށް އަންގަވާފައެވެ. މިމައްސަލައާއި ގުޅިގެން ހެލްތް މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެމްބަރުން ސަސްޕެންޑް ކޮށްފައިވާއިރު، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންވެސް ވަނީ ވަގުތީގޮތުން ޒިންމާތަކުން އެކަހެރިވެ ވަޑައިގެންފައެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހެލްތު މިނިސްޓްރީން އަމަލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އެގޮތުން އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ ބަޔާންތައް ނެގުމުގެ މަސައްކަތެވެ.

ކިޔުންތެރިންގެ ހިޔާލު