ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު
އިޙްތިޖާޖް ކުރުމުގެ ނަމުގައި ހަމައެކަނި ސްޓޭޑިއަމެއް ވަށާ އެނބުރުމަށް ރައްޔިތުންނަށް ނޭންގޭނެ ކަމަށް ޓެންޑަރ ބޯޑުގެ ކުރީގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

ޒަރިޔަންދު މިބީދައިން ފުލުހުންގެ ބަޔާނަށް ފާޑުވިދާޅުވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތްތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން ޒަރިޔަންދު ވިދާޅުވީ، ރައްޔިތުންނަށް ލިބިފައިވާ ހައްޤެއް ބޭނުންކުރުމަށް ހަމައެކަނި ސްޓޭޑިއަމެއް ވަށާ އެނބުރުމަށް ނޭންގޭނެ ކަމަށެވެ. އަދި "ސުލްހަވެރިކަމާއިއެކު" އިހްތިޖާޖާއި، މުޒާހަރާކުރުމުގެ ފުރުސަތު ލިބެންވާނެ ކަމަށާއި، ކޮރަޕްޝަނާއި ފަސާދައާއި ނާއިންސާފާއި އިދިކޮޅަށް އަޑުއުފުލެން ޖެހޭނެ ކަމަށެވެ.

"ޚުދުމުޙްތާރު ވެރިކަމެއް ޤާއިމުވިޔަދީގެން ނުވާނެ." ޒަރިޔަންދު ވިދާޅުވެފައިވެއެވެ.



ފުލުހުންގެ ބަޔާނަށް ޒަރިޔަންދު ފާޑުވިދާޅުވެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިއްޔެ ވަނީ ބުނެފައެވެ.

އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް ފުލުހުންގެ ބަޔާނަށް ރައްދު ދެމުން އެމްޑީޕީން ބުނެފައިވަނީ، އޮކްޓޯބަރ 3 ގައި މާލެތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް އެހެންބަޔަކު ގްރޫޕްތަކަކަށް ފައިސާ ދީފައިވާ ކަމުގެ މަޢުލޫމާތު ލިބިފައިވާތީ، އެކަން ފުލުހުންނާއި ޙިއްސާ ކޮށްފައިވާ ކަމަށެވެ. އަދި އެފަދަ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު