ވެރިކަން އޮތީ ބަލިކަށިކޮށްކަން އެނގިގެންދަނީ ހަމަ ކިރިޔާ އެއްވުމެއް ބާއްވަން ގޮވާލާއިރަށް ސަރުކާރުން ތެޅިފޮޅިގަންނާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ބާއްވާ 'ލޫޓުވާލައިފި' މުޒާހަރާ ކުޑަތަންވެފައި ވަނިކޮށް، ސަރުކާރުން ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާ ދޭނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރއްވުމާ ގުޅިގެންނެވެ.
ރޭ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާއި މި ސަރުކާރުން ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެ0ނޭ ކަމަށެވެ. އެހެންކަމުން ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
އަދި މިއީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން ހާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ވައްޑޭ ވިދާޅުވީ މުޅި ދައުލަތް މުއިއްޒު މުށުގައި އޮތަސް، ވެރިކަން އޮތީ ވަރަށް ބަލިކަށިކޮށް ކަން އެނގެނީ، ހަމަ ކިރިޔާ އެއްވުމަކަށް ގޮވާލާއިރަށް ތެޅިފޮޅޭ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު