ކުޅުދުއްފުއްޓާއި އިނގުރައިދޫ އިން މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީން ހައްޔަރުކޮށްފައިވަނީ ށ. ނޫމަރާ / ފަޒާ، ޙަސަން ރާމިޒް (25އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ސެޕްޓެންބަރު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނުގައި ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ޙަސަން ރާމިޒް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ސެލޯފިންކޮޅު (ވަގުތީ ބަރުދަން 8.7 ގުރާމް) އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 1400 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ޙަސަން ރާމިޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
އޭގެއިތުރުން މަސްތުވާތަކެއްޗާއެކު ރ. އިނގުރައިދޫއިން މިމަހު 2 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހ. ފެހިއާލާ / މާލެ. ޙުސައިން ޙަބީބު (47އ) އެވެ. މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެތަކެތި ވިއްކައި ވިޔަފާރުކުރާކަމުގެ ތުހުމަތުގައި އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޙުސައިން ޙަބީބުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި ދެމައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު