އެމްޑީޕީން ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި މުޒާހަރާއިން ހައްޔަރުކުރި 8 މީހުންގެ ތެރެއިން 6 މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހާއި މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފް ގެ އިތުރުން މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ އަދި އައްޑޫ ސިޓީގެ ކައުންސިލަރު ހުސައިން ޒަރީރު ހިމެނެއެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލީ މުހައްމަދު ޚަލަފު އިބްރާހިމް ކިޔާ މީހެކެވެ. އޭނާ ދޫކޮށްލީ ތަހުގީގަށް އެއްބާރުލުން ދޭން ޝަރުތުކޮށް، އަދި ހުއްދަ ހޯދައިގެން ނޫން ގޮތަކަށް މާލޭން ބޭރަށް ނުދެވޭ ގޮތަށެވެ.
މީގެ ތެރެއިން އައްޑޫ ސިޓީގެ ކައުންސިލަރު ހުސައިން ޒަރީރުވެސް ވަނީ މިއަދު ހަވީރު ދޫކޮށްލާފައެވެ.
ކޯޓުން ވަނީ ބާކީތިބި އެންމެން 15 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް ހުކުމް ކޮށްފައެވެ.
15 ދުވަހަށް ބަންދުކުރި މީހުންގެ ތެރޭގައި ހިމެނެނީ:
1. މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު
2. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ
3. މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު
4. އަލީ ޖުމާން
5. އަޒްމީ އަލީ
6. ހަސަން ޝާކިރު
ހައްޔަރުކުރި އެންމެން ދޫކޮށްލުމަށް އެމްޑީޕީގެ ލީޑަރޝިފުން ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު