ޣައިރު ގާނޫނީ އަމުރަކަށް ފުލުހުން ތަބާވާން ނުޖެހޭނެ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ .މުޙައްމަދު ޖަމީލް އަޙްމަދު ފުލުހުންނަށް ނަސޭހަތްދެއްވައިފިއެވެ.
ޖަމީލު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ "ލޫޓުވާލައިފި" މުޒާހަރާ ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމާއި، މުޒާހަރާގެ ބައިވެރިން ޤާނޫނާ ހިލާފަށް ހައްޔަރުކުރި ކުރުން ކުށްވެރިކުރައްވަމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާ ގުޅިގެން ހިއްސާކުރެއްވި ޕޯސްޓުގައި ޖަމީލު ވިދާޅުވީ ސުލްޙަވެރި މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.
"ދިވެހި ފުލުހުންނަށް ތަކުރާރުކޮށް ނަސޭޙަތްތެތިވަން. ޣައިރު ގާނޫނީ އަމުރަށް ތިބޭކަލުން ތަބާވާން ނުޖެހޭ." ޖަމީލު ވިދާޅުވިއެވެ.
ޖަމީލު އިތުރަށް ވިދާޅުވީ އަޅުގަނޑުމެން އެންމެންނަކީ ހަމަހަމަ ބައެއް ކަމަށާއި، އެހެންކަމުން ސަރުކާރު ބުނީތީ އިދިކޮޅު ފަރާތްތަކަށް އަނިޔާކޮށްގެން ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު