ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގައި ލައިސެންސް ނެތް މީހަކު ދުއްވި ސައިކަލަކުން ޖެހި އަނިޔާވި ކުޑަކުއްޖަކަށް ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންނާ ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، މި ހާދިސާ ހިނގީ އިއްޔެ 18:16 އެހާކަންހާއިރު ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، އެކުއްޖާގެ ޙާލު ކްރިޓިކަލް ނޫން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން ބުނީ، އެކްސިޑެންޓްވީ ސައިކަލު ދުއްވީ ލައިސެންސް ނެތް މީހެއް ކަމަށާއި އެކްސިޑެންޓުވުމުން އޭނާ މަޑުވެސް ކޮށްފައިނުވާ ކަމަށެވެ. އެހެންވެ، ސައިކަލު ދުއްވަން އިން 21 އަހަރުގެ ދިވެހި ފިރިހެންމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި އެކްސިޑެންޓްގެ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ދުވެފައިދާ ކުޑަކުއްޖެއްގެ ގައިގައި ބާރަށް ދުއްވާފައި އައި ސައިކަލަކުން ޖެހޭ މަންޒަރެވެ. ސައިކަލުން ޖެހި ކުއްޖާ އާއި، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު އެވީޑިއޯއިން ފެނެއެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު