އީރާނުގެ ފޮރިން މިނިސްޓަރ-
އީރާނުގެ ފޮރިން މިނިސްޓަރ-
ބައިނަލްއަޤްވާމީ ގޮތުން ހަރުކަށި ފިޔަވަޅުތައް އަލުން އަނބުރާ ތަންފީޒުކުރުމާ ގުޅިގެން، އދ. ގެ ނިއުކްލިއަރ ބެލެހެއްޓުމުގެ އިދާރާކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) އާއި އެކު ހަދާފައި އޮތް އެއްބާރުލުން މިހާރު މުހިންމެއް ނޫން ކަމަށް އީރާނުން ބުނެފިއެވެ.

މި އެއްބަސްވުމަކީ ޖޫން މަހު އިޒްރޭލާއި އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ފެސިލިޓީތަކަށް ހަމަލާދިނުމާ ގުޅިގެން ހުއްޓާލާފައިވާ އެއްބާރުލުން އަލުން ފެށުމަށް ވެފައިވާ އެއްބަސްވުމެކެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަޤްޗީ ވިދާޅުވީ 2015 ވަނަ އަހަރުގެ ނިއުކްލިއަރ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ބްރިޓެން، ފްރާންސް އަދި ޖަރުމަނުން އދ. ގެ ފިޔަވަޅުތައް އަލުން ތަންފީޒުކުރުމަށް ނިންމުމާ ގުޅިގެން މި އެއްބަސްވުމުގެ މުހިންމުކަން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

އެގައުމުތަކުން ބުނަމުންދަނީ އީރާނުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށެވެ. ނަމަވެސް އީރާނުން ދަނީ ތަކުރާރުކޮށް އެކަމަށް އިންކާރުކުރަމުންނެވެ.

"ތިން ޔޫރަޕިއަން ޤައުމުތަކުން ހީކުރީ އެމީހުންގެ އަތުގައި ބާރެއް އޮތް ކަމަށް. އެކަމަކު މިހާރު އެ ބާރު ބޭނުންކޮށް ނަތީޖާ ފެނިއްޖެ. މި ތިން ޤައުމުގެ ދައުރު ވަރަށް ބޮޑަށް ކުޑަވެ، އެމީހުންނާއެކު މަޝްވަރާކުރުމުގެ ބޭނުން ވެސް ނެތިދާ ހިސާބަށް ގޮސްފި" އަރަޤްޗީ ވިދާޅުވިއެވެ.

އީރާނުން ވަނީ އައިއޭއީއޭއިން ދެފުށް ފެންނަ ސިޔާސަތެއް ގެންގުޅޭ ކަމުގެ ތުހުމަތުތައް ކޮށްފައެވެ. އަދި އޭޖެންސީން ނިއުކްލިއަރ ނޮން-ޕްރޮލިފަރޭޝަން ޓްރީޓީ (އެންޕީޓީ) ގެ ދަށުން އޮތް ޒިންމާތަކާ ޚިލާފަށް، އިޒްރޭލުން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާތައް ކުށްވެރިކޮށްފައި ނުވާ ކަމަށްވެސް އީރާނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު