މީގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަކީ ވަގުންގެ ހާއްޔެއް ނޫން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ އަދި ޕީއެންއެފްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިހެން ވިދާޅުވީ ސަރުކާރުން އެމްއޭސީއެލްއާ ހަވާލުކޮށްފައިވާ ފަސް އެއާޕޯޓްގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް އެމްއޭސީއެލަށް އަމާޒުވުމާ ގުޅިގެންނެވެ.
ރާއްޖޭގައި ހިންގާ ނޫހަކުން ބުނީ މި މަސައްކަތަށް މާކެޓް ރޭޓަށްވުރެ ބޮޑު އަގެއްގައި ޑްރެޖަރު ކުއްޔަށް ނަގައިގެން ރާއްޖެ ގެންނަން އެ ކުންފުނީގެ ބޯޑުން ފާސްކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އިއުލާން ކުރުމެއްނެތި އެއާޕޯޓު އެޅުމަށް ބިން ހިއްކަން 50 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކޮށްފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ އެމްއޭސީއެލްގެ މުޅި މެނޭޖްމެންޓު ބަދަލުކޮށް، ކޮރަޕްޓު ނޫން ބޭފުޅުން މަގާމުތަކަށް އައްޔަނުކުރަން ޖެހޭ ކަމަށެވެ.
"މީގެ ކުރިން އެމްއޭސީއެލް އަކީ ވަގުންގެ ހާއްޔެއް ނޫން،" މަލީހް ވިދާޅުވިއެވެ.

MACL ge mulhi management vaguthun badhalukoh corrupt noon veyfulhun maqaamthakah ayyan kuran jehey. Meege kurin MACL akee vagunge haayyehnoon. https://t.co/e37hQgoz7P
— Mohamed Maleeh Jamal (@maleehjamal) October 6, 2025
މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި މަލީހް ވިދާޅުވީ އެމްއޭސީއެލްގެ މުޅި މެނޭޖްމެންޓު ބަދަލުކޮށް، ކޮރަޕްޓު ނޫން ބޭފުޅުން މަގާމުތަކަށް އައްޔަނުކުރަން ޖެހޭ ކަމަށެވެ.
"މީގެ ކުރިން އެމްއޭސީއެލް އަކީ ވަގުންގެ ހާއްޔެއް ނޫން،" މަލީހް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު