މަޝްހޫރު ހޯސްޓު ނާއްޕެ ހިމެނޭ ގޮތަށް ސީރިއަސް ތުހުމަތެއްގައި ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ. އެއީ، ނާއްޕެއާއި، އަލީ އަޝްރަފް (35އ) / މ އެތުމާ، ލުހާން ސަޢީދު (41އ) / ޕެރިސް ގދ. ވާދޫ، އަދި އިބްރާހިމް ޝިނާން އަހުމަދު (33އ) ހ. ފިނިކުރިއެވެ.
ފުލުހުން ބުނީ، ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކުގައި ކަމަށެވެ. އަދި، ހައްޔަރުކުރި ހަތަރު މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން އެ މީހުންނަށް ކޮށްފައިވަނީ ކުޑަކުދިންތަކެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ތުހުމަތެވެ. އަދި މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ތިން ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެމީހުން ކުދިން އެކްސްޕްލޮއިޓް ކުރިގޮތާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު