ގަމުގައި ހިނގި މާރާމާރީއެއްގައި ހަތަރު ފިރިހެނަކާއި އަންހެނެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ލ. ގަމުގައި ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި މާރާމާރީއެއް ހިނގާފައިވާ މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭގެތެރޭގައި ހިމެނެނީ 29 އަހަރުގެ 3 ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ މި އެންމެންނަކީ ވެސް ދިވެހީން ކަމަށެވެ.
ހައްޔަރު ކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު