ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ)
ވުޒާރާތަކަށް ހަތަރު ފަސްތަން ނުބެލެހެއްޓޭއިރު 186 މަރުކަޒުން ސީދާ ވުޒާރާއަށް ގުޅަން ޖެހޭ ގޮތް ހެދުމަކީ މޮޅު ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވެފައި މިވަނީ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ވުޒާރާތަކާ ސީދާ މުއާމަލާތްކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ވިދާޅުވީ މިގޮތަށް މިކަންތައް ނިމުމުން ވަރަށް ކުރިއެރުން ލިބިގެންދާނެ ކަމަށާއި، އޭރުން ހުރިހާ ކަމެއްވެސް ވަރަށް އެފިޝެންޓު ވާނެ ކަމަށެވެ. އަދި ލޭޔަރުތައް ނެތިގެންގޮސް ސީދާ މުއާމަލާތު ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ބޭސް ހޯދުމަށްވެސް، ވަޒީފާތައް އެޕްރޫވް ކުރުމަށްވެސް އަދި އެހެނިހެން ކަންކަން ކުރުމަށްވެސް ވަރަށް ބޮޑަށް ފަސޭގަވެގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވިދާޅުވީ ވުޒާރާތަކަށް ހަތަރު ފަސްތަން ނުބެލެހެއްޓިގެން އުޅޭއިރު 186 މަރުކަޒުން ސީދާ ވުޒާރާއަށް ގުޅަންޖެހޭ ގޮތް ހެދުމަކީ މާ މޮޅުކަމެއް ނޫން ކަމަށެވެ.

އަދި ލާމަރުކަޒީކޮށް ކަންތައް ހިންގަން ޤާނޫނު އަސާސީގައި ލިޔެވިފައިވަނީ، އެކަން އެގޮތަށް ނުވާނެތީ ކަމަށްވެސް ވައްޑޭ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު