ފުލުހުން އުޅަނދުތައް ޓޯކުރަނީ
ފުލުހުން އުޅަނދުތައް ޓޯކުރަނީ
މާލޭގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް، ޕާކްކޮށްފައި ހުރި އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ކުރަމުންދާނެ ކަމަށެވެ.

އަދި އުޅަނދުތައް ޕާކްކުރާއިރު ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

މާލޭގެ އިތުރުން ހުޅުމާލޭގަވެސް ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުން ފެށިގެން ފުލުުހުން އަންނަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު