2021 ވަނަ އަހަރު ސުކޫކުގެ ގޮތުގައި ދޫކުރި 500 މިލިއަން ޑޮލަރުގެ ތެރެއިން ދަޢުލަތުން މިމަހު ދައްކަން ޖެހޭ 25 މިލިއަން ޑޮލަރުގެ ކޫޕަން ދައްކާފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ސުކޫކަކީ އިސްލާމީ ޝަރީއަތާއި އެއްގޮތަށް ވިއްކޭ މާލީ އިންސްޓްރޫމެންޓެކެވެ. މިއީ ސީދާ ލޯނެއް ނޫން ކަމުގައިވިއަސް ދަރަނީގެ ބާވަތެކެވެ.
މާލީ ވުޒާރާއިން ބުނީ، 8 އޭޕްރީލް 2026 ގައި މުއްދަތު ހަމަވާ މި ސުކޫކު ބޮންޑުގައި ބާކީ ދައްކަން އޮތް 25 މިލިއަން ޑޮލަރުވެސް އަންނަ އަހަރުގެ އޭޕްރީލް މަހު ދައްކައި ނިންމާނެ ކަމަށެވެ.
މިސުކޫކުގެ ކޫޕަން ފައިސާ ދައްކަންޖެހެނީ ކޮންމެ އަހަރެއްގެ އޭޕްރިލް އަދި އޮކްޓޯބަރު މަހުއެވެ. މިހާތަނަށްވެސް މާލީ ވުޒާރާއިން ދިޔައީ ސުކޫކު ކޫޕަން ޕޭމަންޓުތައް ގަވާއިދުން ދައްކަމުންނެވެ.
މާލީ ވުޒާރާއިން ބުނީ، ދަރަނީގެ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން މިހިނގާ އޮކްޓޯބަރ މަހު ދައްކަންޖެހޭ ކޫޕަން ފައިސާ ކާމިޔާބުކަމާއެކު ދެއްކުމުން ދައްކުވައިދެނީ ސަރުކާރުން މާލީ ޒިންމާތައް އަދާކުރުމަށް ކުރަމުންދާ މަސައްކަތާއި، ބައިނަލްއަޤްވާމީ އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތް ކަމަށް މާލީ ވުޒާރާއިން ހާމަ ކޮށްފައިވެއެވެ.
އޭގެއިތުރުން މާލީ ވުޒާރާއިން ބުނީ ޒިންމާދާރު ގޮތެއްގައި މާލީ ހަރުދަނާކަމާއި ދަރަނި އަދާކުރުމުގެ ޤާބިލުކަން ދެމެހެއްޓުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު