ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައި ހުރި ފޯނަކުން ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށް ފުލުހުން މިރޭ ބުނެފިއެވެ.
މިކަން ކަށަވަރުކޮށްދެއްވައި ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެފަދަ ވާހަކަތައް ދޮގުކޮށް، ހެކި ބެލެހެއްޓުމުގައި ގެންގުޅޭ ހަރުދަނާ އުސޫލުތައް ހާމަކޮށްފައެވެ.
ފުލުހުން ނެެރުނު ބަޔާނުގައި ބުނެފައި ވަނީ، ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެނެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ވަނީ ގާއިމުކުރެވިފައި ކަމަށެވެ. މި އުސޫލުތަކުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރުކުރެވިފައި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
އެހެންކަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުންޏެވެ. ވީމާ ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ ފުލުހުންގެ ޚިދުމަތުގެ ތަހުގީޤުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު، ގާނޫނީ ހަމަތަކުގެ މަތިން ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. މި ޚިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށް ވެސް ފުލުހުންގެ ނޫސްބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފުލުހުން މިފަދަ ބަޔާނެއް ނެރެފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނު އަތުލި ފަހުން އެ ފޯނުން ފޮޓޯއެއް ސޯޝަލް މީޑިއާއަށް ދިޔަ ކަމަށް ބުނެ ބައެއް މީޑިޔާތަކުން އެޚަބަރު ރިޕޯޓްކޮށްފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު