އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން ދިމާވި ބޭސްތަކަކީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް އެކުލެވޭތީ އެ ބޭސް ބޭނުން ކުރުމާއި ވިއްކުން މަނާކޮށް ސައުތު އީސްޓް އޭޝިއަން ރީޖަން ނެޓްވޯކުން އެލާޓުކޮށްފައިވާ ކަމަށެވެ.
ޑީއީޖީ ހުރެގެން ވިއްކުމާއި ބޭނުންކުރުން މަނާކުރި ބޭސް އުފައްދާ ތިން ކުންފުންޏަކީ ވެސް އެމްއެފްޑީއޭން ބޭސް އެރެތެކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ނޫން ކަމަށް އެމްއެފްޑީއޭއިން ވަނީ ބުނެފައެވެ.
އެމްއެފްޑީއޭ އިން ބުނީ، އެ ކުންފުނިތަކުން އުފައްދާ ބޭސް ރާއްޖެއަށް އެތެރެކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި، ބައެއް ފަހަރު އަމިއްލައަށް ވެސް އެ ގައުމުން ބޭސް ގެންނާތީ މިކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގައި މިހާރު ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ.
އަދި ކެއްސުމާއި ރޯގާއަށް ދޭ ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުވާ ލެބޯޓްރީ ތަހުލީލު ރިޕޯޓުން ބޭހުގައި ކެމިކަލް ނެތްކަން ކަށަވަރު ކުރާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފިއެވެ.

ކިޔުންތެރިންގެ ހިޔާލު