ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު-
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު-
ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރުގައި ހިނގި ހަނގުރާމައިގައި 200 އަށްވުރެ ގިނަ ތާލިބާނުން އަދި އެހެނިހެން ހަނގުރާމަވެރިން މަރުވެފައިވާ ކަމަށް ޕާކިސްތާނުގެ މިލިޓަރީން ބުނެފިއެވެ.

މި ހަނގުރާމައިގައި ޕާކިސްތާނުގެ 23 ސިފައިން ޝަހީދުވެ، 20 ސިފައިންނަށް އަނިޔާވެފައިވާ ކަމަށް އެ ޤައުމުގެ މިލިޓަރީން ވަނީ ހާމަކޮށްފައެވެ.

މި ހަމަލާތަކުގައި ތާލިބާނުންގެ މަރުކަޒުތަކާއި، ކޭމްޕްތަކާއި، މައި އޮފީސްތަކާއި އަދި އެހީތެރިކަން ފޯރުކޮށްދޭ ވިއުގަތަކަށް ބޮޑެތި ގެއްލުންތައް ދެވިފައިވާކަމަށް ޕާކިސްތާނުގެ މިލިޓަރީން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އަފްޣާނިސްތާނުން ބުނީ މި ހަނގުރާމައިގައި ޕާކިސްތާނުގެ 58 ސިފައިން މަރާލެވިފައި ވާކަމަށާއި، ހަނގުރާމަވެރި މަޤްޞަދުތައް ހާސިލުކުރެވުނު ކަމަށެވެ. އަދި މިވަގުތައް ހަނގުރާމަ މަޑުޖައްސާލީ ކަމަށްވެސް ވަނީ ބުނެފައެވެ.

މި ހަނގުރާމައާ ގުޅިގެން ޤަޠަރާއި ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބޯޑަރުގައި އިތުރުވަމުންދާ ހަމަނުޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކޮށް، ހަމަޖެހުމަށް ގޮވާލާފައެވެ. އަދި އީރާނުން ބުނެފައިވަނީ މި ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން މަޑުޖައްސާލުމަށް އެހީތެރިވުމަށް ތައްޔާރަށް ތިބިކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު