ފެނަކައިގެ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަަލައިގަނެ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒްއެވެ.
ގަރާރުގައި ބުނެފައިވަނީ، ފެނަކައަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެއް ކަމަށާއި އެތަނުގެ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު ސައީދު ހުންނެވި، 2021 ވަނަ އަހަރުން 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޕަރޭޝަނަށް މުދަލާއި ހިދުމަތް ހޯދަން އުސޫލުން ބޭރުން އެކި ފަރާތްތަކާއެކު އެއްބަސްވުންތައް ހަދައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވާ ކަމަށެވެ.
ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާކަން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން 2021 ވަނަ އަހަރު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފައިވާ އިރު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ތެރޭގައި ހިންގާފައިވާ ވައްކަންތަކަކީ އޭރުގެ ސަރުކާރުގެ އިސްވެރިންނަށް އެނގޭގޮތަށް ހިންގާފައިވާ ވައްކަންތަކެއް ކަަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް އެކަންކަން ހުއްޓުވުމަށް އޭރުގެ ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް ބުނެފައިވެއެވެ.
އެ މުއްދަތުގައި ވާދަވެރި ބީލަމުގެ އުސޫލުން ބޭރުން ފެނަކައިން، ދެ ބިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށާއި މިއީ ޖުމުލަ 673 އެއްބަސްވުމެއްގެ ދަށުން ހިންގާފައިވާ ކަމެއް ކަމަށާއި، ގިނަ އެއްބަސްވުންތައް ހަދާފައިވަނީ އާއްމު އުސޫލުން ބޭރުން ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
އެހެންކަމުން ފެނަކަ ހިޔާނާތަކީ ރާއްޖޭގެ ތާރީހުގައި ދައުލަތުގެ ކުންފުންޏަކުން ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ބެލެވޭކަމަށްވެސް ގަރާރުގައި ވަނީ ބުނެފައެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތީ އެ ވަގުތު ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެރެއިން 43 މެންބަރުންގެ ވޯޓާ އެކުއެވެ. ގަރާރު ބަލައި ނުގަންނަން ހަތް މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު