ޚާރިޖީ ވުޒާރާ
ޚާރިޖީ ވުޒާރާ
ދިވެހި ރައްޔިތުން ސްރީލަންކާއަށް އެތެރެވުމުގެ ކުރިން އީޓީއޭ ފުރަންޖެހޭ ގޮތަށް އެޤައުމުގެ އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

ރާއްޖޭގެ ޚާރިޖީ ވުޒާރާއިން މިއަދު ބުނީ، ސްރީލަންކާގެ އިމިގްރޭޝަން އުސޫލުތަކަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޯބަރ 2025 އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކު ސްރީލަންކާއަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން"ހޯދަންޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ޕެސެންޖަރަކުވެސް އެޤައުމަށް ފުރުމުގެ 48 ގަޑިއިރާއި 24 ގަޑިއިރު ދެމެދުގެ ވަގުތެއްގައި އީޓީއޭ ފޯމް ފުރިހަމަކުރަން ޖެހޭނެ ކަމަށް ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިގޮތަށް ހަމަޖެއްސި ނަމަވެސް ސްރީލަންކާއިން ދިވެހިންނަށް ދޫކުރާ 90 ދުވަހުގެ އޮންއެރައިވަލް ވިސާގެ އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

އެހެންކަމުން ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރިން ސްރީލަންކާގެ "އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (ETA) ފޯމް ފުރުއްވުމަށް ޚާރިޖީ ވުޒާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު