ފުލުހުންނަށް ބޭނުންވާ ބޮޑީ ކެމެރާތައް ގަތުމުގައިވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތުހުމަތުކޮށްފިއެވެ.
މި މައްސަލައަކީ ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިންގް / ޕޮލްކޯ)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ނެގި ޚާއްސަ ސަބް ކޮމިޓީން ބަލަން ފެށި މައްސަލައެކެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ކަމަށެވެ. އެގޮތުން އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 66 މިލިއަން ރުފިޔާ ދީފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުން ކަމަށެވެ. ނަމަވެސް އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މި މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ދައްކަން ޖެހުނީ، މަގާމުން ރިޓަޔާކުރެއްވުމަށް ފަހު ހަމީދު އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުން ކަމުގައި ނާޒިމް ވަނީ ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ މިހާރު ހަމީދު އުޅުއްވަނީ އެ ކުންފުނީގެ ވަޒީފާއެއްގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު