ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް
ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް
ރައީސް ޑރ. މުހައްމަދު މުއިއްޒު ފެންނަމުންދަނީ ހިތަށް އަރާ މޮޅެތި ވާހަކަތައް ބެލުމެއްނެތި ދައްކަވަމުންގެންދަވާ ވެރިއެއްގެ ގޮތުގައި ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވެފައި މިވަނީ، މި ސަރުކާރުގައި ނަތީޖާ ނެރެދިނުން ފިޔަވާ އިތުރު އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް މުއިއްޒުގެ މިވާހަކަަތަކަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ޖަމީލް ވިދާޅުވީ ރަސްމާލޭ ޓަނަލް އެކަނިވެސް ނަތީޖާ ނެރެދިނުމުގެ މިސާލަކަށް ފުދޭ ކަމަށެވެ. އަދި މިތިބީ އެ އައު އީޖާދީ ޓަނަލްގެ އިންތިޒާރުގައި ކަމަށްވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޑޮލަރުގެ އަގު މީގެ ކުރިން ދުވަހަކުވެސް އަރައިގެން ނުދާ ވަރަށް މި ސަރުކާރުގައި މަތިވެފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ އަދި މިތިބީ ޑޮލަރުގެ އަގު މައްޗަށް ނުގޮސް ހިފެހެއްޓި ގޮތްވެސް ބަލައިގެން ކަމަށެވެ.

ޖަމީލް އިތުރަށް ވިދާޅުވީ މުއިއްޒު ފެންނަނީ ހިތަށް އަރާ މޮޅުވާހަކަ އެއްވެސް ބެލުމެއް ނެތި ދައްކަމުންދާ ވެރިއެއް ގޮތަށް ކަމަށާއި، ރައީސް މުއިއްޒުގެ ކޮންމެވެސް ބޮޑު މައްސަލައެއް އެބަ އުޅޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު