މަރްޔަމް ނަހްދާ ވަޙީދު   15 އޮކްޓޯބަރު 2025 - 17:59
ށ. ފުނަދޫ އެއާޕޯޓު-
ށ. ފުނަދޫ އެއާޕޯޓު-
ށ. އަތޮޅުގައި 3 ވަނަ އެއަޕޯޓެއް އެޅުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކުރުމާ ގުޅިގެން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑޭ) ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ށ. މިލަންދޫގައި އެއާޕޯޓެއް ގާއިމް ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާއިރު، ރައީސް ވިދާޅުވެފައި ވަނީ މިލަންދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް އޮތް 2 އަހަރާއި ބައިތެރޭ ނިންމައި ހުޅުވާނެ ކަމަށެވެ. ށ އަތޮޅު ކޮމަންޑޫގައިވެސް އެއާޕޯޓެއް އެޅުމަށް އިއްޔެ ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި ދެ އެއާޕޯޓު ގާއިމްކޮށް ހިދުމަތްދޭން ފެށުމުން ށ. އަތޮޅުގައި އެކަނިވެސް 3 އެއާޕޯޓު އޮންނާނެއެވެ.

މިކަމަށް ފާޑުވިދާޅުވަމުން އެކްސްގައި ހިއްސާކުރި ޕޯސްޓުގައި ވައްޑޭ ވަނީ 40 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި، ށ. އަތޮޅުގައި އަދި ކިތަށް އެއާޕޯޓު އެޅުން ހިމެނޭތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ.

ށ. އަތޮޅުގައި މިހާރު އޮޕަރޭޓުކުރެވެމުންދާ ހަމައެކަނި އެއާޕޯޓަކީ، 2020 ވަނަ އަހަރު އެ އަތޮޅު ފުނަދޫގައި އޮޕަރޭޓުކުރަން ފެށި އެއާޕޯޓެވެ.



ކިޔުންތެރިންގެ ހިޔާލު