މިއަދު ރާއްޖެ މިއޮތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ޖެހޭ ހާލަތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ވަޙީދު މިހެން ވިދާޅުވީ އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ވަޙީދު ވިދާޅުވީ، ރައީސް މުޢިއްޒަށް ވެރިކަން ކުރަށްވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެމަނިކުފާނު ގެންދަވަނީ، ޤައުމުގެ ދުސްތޫރީ ނިޒާމު ރޫޅާލައި ޤައުމު އިތުރަށް ދަރަނިވެރި ކުރުވަމުން ކަމަށެވެ.
އަދި ރައީސް މުޢިއްޒަށް ކުރަށްވަން އެނގިވަޑައިގަންނަވާހާވެސް ކަމަކީ ނުފުއްދޭ ވަރަށް ވަޢުދު ވުމާއި، ރެބަން ކެނޑުން ކަމަށް ވަޙީދު ވިދާޅުވިއެވެ. އެހެންކަމުން ރައީސް މުޢިއްޒު ހުއްޓުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވަޙީދު ވިދާޅުވިއެވެ.
"ހިކިފައިން ދެ ގަލެއް އިނަސް، ގަބުރުސްތާނައެއްގައި ދެ މަހާނަގާ އިނަސް ރިބަން ފަށެއް ދަމާލާފައި ކަނޑަމުން ކަނޑަމުން އެހެރަ ގެންދަނީ." ވަހީދު ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު ވަޙީދުވަނީ، މިހާރު ޕީއެންސީގައި އިސްކޮށް ތިއްބެވި ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅުން ޙައްޤުބަސް ވިދާޅުވާންވީ ވަގުތު އަތުވެއްޖެ ކަމަށާއި، ޤައުމީ ޝަރަފް ލިބިފައިވާ ބޭފުޅުންވެސް އިސްލާޙުގެ ސަފަށް ނިކުންނެވުމަށް ގޮވާލައްވާފައެވެ.
"ވެރިކަން ކޮށްފައި ތިބި ބޭފުޅުންނަށް، ރާއްޖޭގެ ޝަރަފުގެ އައްޑަނަތަކާއި ފައްޓަރުބައިތައް ދެއްވާފައި ތިބި އެންމެ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން މިއަދު ރާއްޖެ މިއޮތީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން ޖެހޭ ހާލަތުގައި." ރޭގެ ޖަލްސާގައި ވައްޑެ ވިދާޅުވިއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ހަމަމަގަށް އެޅުވުމަށް ކަމަށްބުނެ ނޮވެމްބަރު 17 ގައި އެއްވުމެއް ބޭއްވުމަށް އެމްޑީޕީން ދަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު