ރަށެއްގެ ބަޔަލު ސިޓީއަކުން ވަކިވުމަށް އެދޭނަމަ އެކަން ކުރަންޖެހޭ ގޮތް ފުރަޔަމަ ގާނޫނުގައި ލިޔަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.
މިހާރު އައްޑޫ ސިޓީގެ އަވަށްތަކެއްގެ ގޮތުގައި އޮތް ފޭދޫ އާއި ހުޅުދޫ އާއި މީދޫގައި ވަކި ރަށު ކައުންސިލުތަކެއް އުފައްދަން އެ ރަށްރަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް، މިމަހު ނެގުމަށް ހަމަޖެހިފައިވާ ވޯޓާމެދުގައި އެ ސިޓީގެ ރައްޔިތުންނާއި ގިނަ ސިޔާސީ ބޭފުޅުން ވެސް ދަނީ މިކަމަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމަށް އިޝާރާތް ކުރަމުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ޢަލީ ނިޔާޒް ވިދާޅުވީ ރަށެއް، ސިޓީ އެއްގެ ދަރަޖަ ހޯދަން އަމަލުކުރަންވީ އިޖުރާއަތްތައް ލާމަރުކަޒީ ގާނޫނުގަ ސާފުކޮށް ބުނެދޭ ކަމަށެވެ. އެހެންނަމަވެސް ސިޓީ އެއްގެ ގޮތުގަ އޮވެ ރަށެއް، އަވަށެއް ވަކިވުމުގެ އިޖުރާއަތެއް ގާނޫނަކު ލިޔެފައި ނުވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ރަށެއްގެ ބަޔަކު ސިޓީއަކުން ވަކިވުމަށް އެދޭނަމަ އެކަން ކުރަންވީ ގޮތް އެންމެ ފުރަތަމަ ގާނޫނުގައި ލިޔަން ޖެހޭނެ ކަމަށް ޢަލީ ނިޔާޒް ވަނީ ވިދާޅުވެފައެވެ.
އަންނަ ހަފްތާބަންދުގައި އައްޑޫ ސިޓީގައި ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު، ސަރުކާރުން ބުނީ މި ވޯޓު ނަގަނީ އައްޑޫ ސިޓީގައި މި ކަމަށް އެދި އެ ތިން ރަށުގެ ރައްޔިތުންގެ ހުށަހެޅުންތައް ލިބެމުންދާތީ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު