އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް-
އައްޑޫ ސިޓީން އެ އަތޮޅުގެ ތިން ރަށެއް ވަކިކުރަން ފެނޭތޯ ބެލުމަށް ސަރުކާރުން ނަގާ ރިފަރަންޑަމް ވޯޓު ނަގަން އުޅޭ ގޮތާމެދު އައްޑޫގެ ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސަޓެއްގައި ފައްޔާޒް ވިދާޅުވީ އްޑޫ ސިޓީގެ ރިފަރަންޑަމްއާ ގުޅޭ ގޮތުން އައްޑޫގެ ވަރަށް ގިނަ އެމް.ޑީ.ޕީ މެންބަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާދުން މި ވޯޓު ނަގަން އުޅޭ ގޮތާ ގުޅޭ ގޮތުން ވަރަށް ގިނަ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތައް އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"ރެފަރަންޑަމްގެ ނަތީޖާގެ ސަބަބުން އެ ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެތޯ؟ ނުވަތަ އޭގެ ސަބަބުން އެ ތަކުލީފުތައް ވާނީ އިތުރުތޯ؟" ފައްޔާޒް ވިދާޅުވިއެވެ.

ރައްޔިތުންގެ ގިނަ ސުވާލުތަކެއް މިކަމާ ގުޅިގެން ހުރިއިރު، ރެފަރަންޑަމްގައި ނިންމާ ގޮތްތަކުން ނުކުންނާނެ ނަތީޖާގެ ސާފު މައުލޫމާތު ސަރުކާރުން ޒިންމާދާރުކަމާއެކު ރައްޔިތުންނަށް އޮޅުންފިލުވައި ދިނުން މުހިންމު ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އައްޑޫ ރައްޔިތުންގެ ހުރި ހިތްހަމަނުޖެހުންތަކާއި ކަންބޮޑުވުންތަކަކީ ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ކުރެވެން ހުރި ކަންކަން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރަން ފެނޭތޯ ވެސް ރިފަރެންޑަމް ވޯޓުގައި ހިމަނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހައި އަވަސް އަރުވާލައިގެން ރިފަރަންޑަމްއެއް ނެގުމުގެ ބަދަލުގައި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް ހައްލުކުރުމަށް ގާނޫނަށް ބަދަލު ގެނެސްގެން ހައްލު ހޯދައި ދެވެންއޮތްއިރު، ރިފަރަންޑަމްގައި ރައްރަށަށް ދިމާވެފައިވާ މައްސަލަ ގާނޫނުން ހައްލުކޮށް، މިހާރު އޮތްގޮތަށް ހުރިހާ ރަށެއް އެއްކޮށް ބޭއްވުމާ މެދު ރައްޔިތުން ދެކޭގޮތް ރިފަރަންޑަމަށް އިތުރުކުރަންވެސް ރައްޔިތުން ބޭނުންވޭ." ފައްްޔާޒް ވިދާޅުވިއެވެ.

އައްޑޫ ކައުންސިލްތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާ ގުޅޭ ގޮތުން ނަގާ ވޯޓު ނެގުމަށް ހަަމަޖެހިފައިވަނީ މިމަހު 25 ގައެވެ. މި ވޯޓުގައި 11 ވޯޓު ފޮށްޓެއް އައްޑޫގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ހަތް ވޯޓު ފޮށްޓެއް މާލޭގައި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

މި ވޯޓުގައި ބައިވެރިވެވޭނީ ހުޅުދޫ އާއި މީދޫ އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަށް އީސީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް