އަހުމަދު ޝާހް   21 އޮކްޓޯބަރު 2025 - 9:40
ފެމެލީ ކޯޓް
ފެމެލީ ކޯޓް
ފެމެލީ ކޯޓުގެ ޤާޟީގެ މަގާމަށް ދެ ބޭފުޅަކު އައްޔަނު ކުރަށްވައިފިއެވެ.

ޖޭއެސްސީން ބުނީ ފެމެލީ ކޯޓުގެ ގާޒީ ކަމަށް އައްޔަނު ކުރަށްވާފައިވަނީ، ލ. މާބައިދޫ ހަވީރީމަންޒިލް، އަލްއުސްތާޒް އަހްމަދު މައުސޫމް އާއި، ރ. ހުޅުދުއްފާރު އިލާޒާ، އަލްއުސްތާޒް މުހައްމަދު ޒާހިދު ކަމަށެވެ.

އެ ދެބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.

ޤާޟީ މައުސޫމް ވަނީ އަލް އަޒްހަރު ޔުނިވާސިޓީން ބެޗެލާސް އޮފް އާޓްސް އިން ސޯޝަލް ސާވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާސް އޮފް ޝަރީއާ ވިތު އޮނާސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސަޓިފިކެޓް އިން ޝަރީއާ އެންޑް ލޯ އަދި މާސްޓާ އޮފް ޝަރީއާ ހާސިލުކުރައްވައިފައެވެ. އޭގެ އިތުރުން އޭނާއަކީ 2020 ޖަނަވަރީ 21 އިން ފެށިގެން ފެމިލީ ކޯޓުގެ ލީގަލް އޮފިސަރެއްގެ މަގާމު އަދާކުރަމުންގެންދަވާ ފަރާތެކެވެ.

ޤާޟީ ޒާހިދު ވަނީ އަލް އަޒްހަރު ޔުނިވާސިޓީން ބެޗެލާ އޮފް އާޓްސް އިން ޝަރީއާ އެންޑް ލޯ އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ފޮލިސީ ހާސިލުކުރައްވައިފައެވެ. އަދި ޑެޕިއުޓީ ސްޓޭޓް އެޓާނީ އެއްގެ ގޮތުގައާއި، ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި އެޓާނީ ޖެނެރަލް އޮފީހުގައި ޒާހިދު ވަނީ މަސައްކަތް ކުރަށްވައިފައެވެ. އޭގެ އިތުރުން ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާޗު 08 އަށް ފަނޑިޔާރުކަންކޮށް ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ހަ އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރަށްވާފައިވެއެވެ.

ފެމިލީ ކޯޓުގެ ޤާޟީކަމުގެ ދެ މަޤާމެއް ހުސްވީ އެ ކޯޓުގެ އިސްޤާޟީ އިބްރާހިމް މާހިރު ދާދިފަހުން ހައިކޯޓަށް އައްޔަނު ކުރެއްވުމާއި، ޤާޟީ އަހުމަދު މުސްތަފާ ޝަރުއީ ދާއިރާއިން ރިޓަޔަރ ކުުރެއްވުމާއި ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް