ފުލުހުންނަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުކުރެވޭ މީހެއްގެ ބަންދުގެ މުއްދަތަށް 16 ދުވަސް ޖަހައިފިއެވެ.
މި މައްސަަލައިގައި ހައްޔަރުކޮށްފައިވަނޯ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި، މަރުގެ އިންޒާރުދިނުން، އަދި ހަޑިހުތުރު ބަސް ބޭނުންކުރުން ހިމެނެއެވެ.
މި ހާދިސާ ހިނގި ސީނަށް ދިޔަ ފުލުހުން ދިން ބަޔާނުގައި ބުނީ އޭނާ ފުލުހުންނަށް މަރުގެ އިންޒާރު ދިން ކަމަށެވެ. ނަމަވެސް ހައްޔަރުކުރި މީހާގެ ފަރާތުން ބުނެފައިވަނީ ހަމަނުޖެހުން ފެށިފައިވަނީ ފުލުހުން އަމަލުކުރި ގޮތުން ކަމަށާއި، ފުލުހުންގެ ފަރާތުން ހަޑިހުތުރު ބަހުން އޭނާއާ މުއާމަލާތްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 16 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާއަކީ މީގެ ކުރިން ވެސް ހައްޔަރުކޮށް ބަންދުކުރެވިފައިވާ މީހެއް ކަމަށް ބަންދު އަމުރުގައި ވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު