ޖުޑީޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަމްސީލް ކުރަށްވާ މެންބަރު ޔަޒްމީދު މުހައްމަދު މިއަދު އިންތިޚާބު ކޮށްފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އެކޮމިޝަންގެ ނައިބު ރައީސް ކަމަށް ޔަޒްމީދު އިންތިޚާބު ކޮށްފައިވާ ކަމަށެވެ.
ޔަޒްމީދު އެ މަޤާމަށް ހަމަޖައްސާފައިމިވަނީ، ޖޭއެސްސީގެ ނައިބު ރައީސަކަށް ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުޙައްމަދު ނިޔާޒު އިއްޔެގެ ވަގުތެއްގައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޔަޒްމީދު ޖޭއެސްސީއަށް ޢައްޔަނުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވާ މެންބަރުކަމުން އަލްއުސްތާޛު މުޙައްމަދު ސަމީރު ވަކިކުރެއްވުމަށް ފަހުގައެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި މަޖިލީހުން ކަނޑައަޅާ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމު މީހަކާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓު ފަނޑިޔާރަކާއި، ދަށު ކޯޓު ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސް އާއި ވަކީލުން ތަމްސީލްކުރަން މެންބަރެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި ބަންޑާރަ ނައިބު ވެސް އިންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު