ދަޢުވާ ނުކުރެވޭނެކަމަށް ޕީޖީ ނިންމައިފިނަމަ، މައްސަލައާ ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ ލިޔުންތައް 1 އަހަރު ފަހުން ނައްތައިލެވިދާނެ ގޮތަށް ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދު އިސްލާޙު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ފުލުހުންގެ ޚިދުމަތަށް ހުށައެޅޭ މައްސަލަތަކާ ގުޅިގެން ތައްޔާރުކުރާ އަދި އެއްކުރާ ލިޔެކިޔުންތައް ނައްތާލެވޭ ޙާލަތްތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވަނީ، ޖިނާއީ މައްސަލައެއްގައި ދަޢުވާ ނުކުރެވޭނެ ކަމަށް ޕްރޮސކިއުޓަރ ޖެނެރަލް ނިންމައިފިނަމަ، އެ ނިންމުން ނިންމި ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެ ކަމަށެވެ.
ހަމައެއާއެކު ތަޙުޤީޤު ނިމިފައިވާ ޖިނާއީ މައްސަލައެއްގައި، އެ މައްސަލައަކީ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނޭ އަދި އެ މައްސަލައިގައި ދަޢުވާ އުފުލޭނެ މިންވަރަށް ހެކި ލިބިފައިވާ މައްސަލައަކަށް ނުވާނަމަ، އެ މައްސަލައިގެ ބާވަތަށާއި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރާއިރު، އެފަދަ ހެއްކެއް އަލުން ލިބިދާނެކަމަށް ނުބެލެވޭކަމަށް އެ މައްސަލައެއް ތަޙުޤީޤުކުރި ފަރާތާއި އެ ފަރާތުގެ ސުޕަވައިޒަރަށް ޤަބޫލުކުރެވޭކަން ބަޔާންކޮށް ލިޔުމުންކުރާ އެންޑޯޒްމަންޓަކަށް ބިނާކޮށް، އެ ސަބަބުގެ މައްޗަށް ރިއާޔަތްކޮށް، އެ މައްސަލައެއް ފައިލްކުރެވުނު ތާރީޚުން ފެށިގެން 1 އަހަރު ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ލިޔުންތައް ނައްތައިލުމަށް، ޕޮލިސް ރިކޯޑު ބެލެހެއްޓުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރީ ބަހާގެ ވެރިޔާއަށް ނިންމިދާނެކަމަށްވެސް އިސްލާހުގައިވެއެވެ.
ޕޮލިސް ރިކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި ޢަމަލުކުރާނެގޮތުގެ ގަވާއިދުގައި ލިޔެކިޔުން ނައްތައިލެވޭނެ ހާލަތެއް މީގެކުރިން ބަޔާންކޮށްފައި ނުވިނަމަވެސް ޖިނާއީ ބޮޑު ކުށެއް ނުވަތަ ޖިނާއަތުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތަކުގެ ލިޔުންތައް 8 އަހަރު ދުވަސް ވަންދެން ބަލަހައްޓަން ޖެހެއެވެ. އަދި ޖުނަޙުގެ ދަރަޖައިގެ ކުށް ހިމެނޭ މައްސަލަތައް 3 އަހަރު ދުވަހަށް ބަލަހައްޓަން ޖެހޭއިރު، ދަޢުވާކުރަން ފޮނުވާފައިވާ މައްސަލައެއްނަމަ، ޝަރީޢަތުން ގޮތެއް ނިމެންދެން ނުވަތަ އިސްތިއުނާފުގެ މަރުޙަލާތައް ނިމެންދެން ބަލަހައްޓަންޖެހެއެވެ.
މި ގަވާއިދަށް ގެނައި އިސްލާހުތަކަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު