އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސަ-
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުނިން ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ބީއެމްއެލްއަށް ދީފައިވާ ހުއްދަ ހައި ކޯޓުން ބާތިލް ކޮށްފިއެވެ.

ހެވީލޯޑް ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން ވިއްކާލަން އިއުލާންކުރީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެހާއި ކުޑަފަރެހަކީ ރިސޯޓެކެވެ.

ސިވިލް ކޯޓުގެ ހުއްދައާ އެއްގޮތަށް މިދިޔަ އަހަރު އެ ތިން ރަށް ވިއްކާލަން އިއުލާންކުރި ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދަ ބާތިލްކުރަން ހެވީލޯޑް ކުންފުނިން ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެހެންވެ, ރަށްތައް ވިއްކާލުން މަޑުޖައްސާލަން ހައި ކޯޓުން އޭރު ވަނީ އަންގާފައެވެ.

ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ރަށްތައް ވިއްކާލުމުގެ ހުއްދަ ދިނުމުގައި ސިވިލް ކޯޓުން އެ ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފުވެފައިވާ ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި ހުކުމުގައި ބުނެފައިވަނީ ވިއްކާލުމުގެ ހުއްދަ ދިނުމުގައި އަގު ކަނޑައަޅާފައިވަނީ ހަމައެކަނި ބީއެމްއެލް އިން ހުށަހެޅި އަގަށް ބަލައިގެން ކަމަށްވާތީ ކަމަށެވެ.

އެހެންކަމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުން ކުރެއްވި ހުކުމުގައި ވަނީ ސިވިލް ކޯޓުން އެ ރަށްތައް ވިއްކާލަން ދިން ހުއްދަ ބާތިލް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު