ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި ދެ ކޮންޓެއިނަރު ސިނގިރޭޓު ވަގަށް ނެގި މައްސަލާގައި އެކަން ހިންގި ދޯނީގައި ކެޕްޓަނަކަށް ހުރިކަމަށް ތުހުމަތުކުރެވޭ މީހާ ހަފްތާއަކަށް ބަންދު ކޮށްފިއެވެ.
އެގޮތުން ކޮންޓެއިނާ އުފުލި އިރު ދޯނީގެ ކެޕްޓަނަކަށް ހުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ ނ. މިލަދޫ، ކެނެރީގެ، އާދަމް ވަހީދު 54، އެވެ.
ހައްޔަރު ކުރިއިރު އޭނާ ދިރިއުޅެމުންދިޔައީ އެމްޕީއެލްގެ މުވައްޒްފުންނަށް ހުޅުމާލެ ފޭސް 2 ގައި އަޅާފައިވާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ އެޕާޓްމެންޓެއްގައެވެ.
ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އެ ވައްކަމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ އޭނާއަށް ކުރަނީ ޖިނާއީ ބޮޑު ކުށެެއްގެ ތުހުމަތެވެ. އަމުރުގައި ބުނީ އޭނާގެ ބަންދުގެ މުއްދަތަށް އެންމެ ހަތް ދުވަސް ޖެހީ، ދިފާއީ ވަކީލާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ލިބިފައި ނުވާތީ ދިފާއީ ވަކީލު އެދިގެން ކަމަށެވެ.
ސައޫދީ އަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ. އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައިހުރި 2 ކޮންޓޭނަރުގައި ސިނގިރޭޓް ނެތްކަން ފާހަގަވީ މިމަހުގެ 8ވަނަ ދުވަހުގެ ރޭގައެވެ. އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި، އިތުރު 3 މީހެކެވެ. އެމީހުންގެ ބަންދު މުއްދަތުވެސް ކޯޓުން މިހާރު ވަނީ ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު