މާތް الله ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ އެކަލާންގެއަށް ކުއްތަންވުމުގެގޮތުން ކުރެވޭނެ އެންމެ މަތިވެރި އެއް އަމަލު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"މާތްﷲގެ ވަލިއްޔުން" މި މައުޟޫއަށް މިއަދު އިއްވި ޚުޠުބާގައި ބުނީ މާތް اللهގެ ވަލިއްޔުންނަކީ ކޮންބައެއްކަމާއި އިންސާނާއަށް، އެކަލާނގެ ވަލިއްޔުންގެ ދަރަޖައަށް ވާސިލުވެވޭނީ ކިހިނަކުންކަން ދަންނާން ޖެހޭ ކަމަށެވެ.
ހަމައެހެންމެ އެކަލާނގެ ވަލިއްޔުންނަށް ދެއްވަވާ ދަރަޖައާއި ޖަޒާއަކީ ކޮބައިކަން ދެނެގަންނާން ޖެހޭ ކަމަށާއި މި ސުވާލުތަކުގެ ޖަވާބު މާތް اللهގެ ކަލާމްފުޅުގައި އެކަލާނގެ އަންގަވާފައިވާ ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
"ދަންނާށެވެ! ހަމަކަށަވަރުން، اللَّهގެ ވަލިއްޔުންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. އެއުރެންނަކީ إِيْـمَانވެ، تقوىވެރިވެ އުޅުނު މީހުންނެވެ. ދުނިޔޭގެ حَيَاةُގައްޔާއި، آخِرَةُގައި އެއުރެންނަށް އުފާވެރިކަމުގެ خَبَرُ ހުށްޓެވެ. اللَّهގެ كَلِمَةފުޅުތަކަށް ބަދަލުވުމެއް ނާންނަހުށްޓެވެ. ބޮޑުވެގެންވާ نَصِيْبُލިބުމަކީ ހަމަ އެއީއެވެ." މާތް ﷲ ވަހީ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ޚުޠުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މާތް اللهގެ ވަލިއްޔަކަށް ވެވޭނީ، މައިގަނޑު ދެ ޝަރުތެއް ފުރިހަމަވެގެން ކަމަށާއި ފުރަތަމަ ޝަރުޠަކީ، މާތް اللهއަށް ފުރިހަމަޔަށް އީމާންވުމާއެކު އެކަލާނގެއާ އެއްވެސް އެއްޗެއް ޝަރީކު ނުކުރުން ކަމަށެވެ. އަދި ދެވަނަ ޝަރުތަކީ އެކަލާނގެއަށް ތަޤްވާވެރިވުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެއީ މާތް الله އެންގެވި އެންމެހައި އަމުރުފުޅުތަކަށް ކިޔަމަންގަނެ، އެކަލާނގެ ނަހީކުރެއްވި އެންމެހައި ކަންކަމުން ދުރުހެލިވުން ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
الله ސުބްހާަނަހޫ ވަތަޢާލާ ރުހިވޮޑިނުގަންނަވާ އަދި ނަހީކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަކީ، އެކަލާނގެއާ ކުއްތަންވުމުގެގޮތުން އިންސާނާއަށް ކުރެވޭނޭ އެންމެ މަތިވެރި އެއް އަމަލުކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
އަދި މާތް اللهގެ ވަލިއްޔުންގެ ދަރަޖައަކީ، ވަރަށް މަތިވެރި ދަރަޖައެއް ކަމަށާއި އެއީ ނަބިއްޔުންނާއި ޝަހީދުން ވެސް އެ ދަރަޖައަކަށް ނުހަނު ބޮޑަށް ޝައުޤުވެރިވެވަޑައިގަންނަވާ، އެ ބޭކަލުންނަށް ވެސް ލިބުމަށް އެދިވަޑައިގަންނަވާ ދަރަޖައެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނީ އިސްލާމީ އުންމަތުގެ ބައެއް ޤައުމުތަކުގައި ކޮށްއުޅޭ އެންމެ ނުރައްކާތެރި އެއް ކަމަކީ، ޞާލިޙު އަޅުންނާއި، ވަލީވެރީންކަމުގައި ދެކޭ ބައެއް މީހުންގެ ޤަބުރު ވަށައިގެން ރާނައި، އެ ތަނަށް ދޮންވެލިލައި، ވޮށް ދިއްލައި، ޒީނަތްތެރިކޮށް، އެ ތަންތަނަށް ނަދުރު ބުނެ،ޒިޔާރަތްކުރުން ފަދަ ކަންކަން ކަމަށެވެ. އަދި އެއަށް ވުރެ ނުރައްކާތެރި ކަމަކީ، އެ ޒިޔާރަތްތަކުގައި ފަސްދާނުލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުންކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މިއީ ކަނޑައެޅިގެން ޝިރުކުގެ ޢަމަލެއް ކަމަށް ފާހަގަކުރަމުން ހުތުބާގައި ބުނީ މިއީ ތައުޙީދުގެ އަހުލުވެރީން ކޮށްގެންވާނޭ ކަންކަމެއްނޫން ކަމަށެވެ.
އަދި މިފަދަ ޢަމަލުތަކަކީ، މާތް الله ފިއަވައި، ބުދަށް އަޅުކަންކުރާ މީހުން ކުރާ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމަށާއި މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ ޝިރުކުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު