ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ރޭ ބުނެފައިވަނީ، ކޮލަމާފުއްޓަށް ދިޔަ ލޯންޗަކުން މަސްތުވާތަކެތި ގެންދާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެލޯންޗު ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ، ކޮލަމާފުއްޓަށް ނިސްބަތްވާ ހަސަން ރައްޔާން ރާޝިދާއި، އިސްމާއީލް ހައިޒަމް ހަބީބާއި، އަލީ ޖަނާހު ޖައުފަރާއި، އިބްރާހިމް އަޒާން މުހައްމަދެވެ.
މި ހަތަރު މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 30 ޕެކެޓާއި ފިލްމު ހުސްކުރި ދެ ދަޅާއި އެކެއްގެ ހަށިގަނޑުން ހަތް ސެލޯފިން ފެނިފައިވާއިރު މި ތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މީހުންގެ ތެރެއިން ހައިޒަމްގެ ބަންދަށް 12 ދުވަސް ޖަހާފައިވާއިރު ބާކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ ހަތް ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު