އަހުމަދު ޝާހް   26 އޮކްޓޯބަރު 2025 - 13:3
ޖޭއެސްސީގެ ރައީސް ކ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް
ޖޭއެސްސީގެ ރައީސް ކ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް
ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމުން ކ. ގުރައިދޫ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ކުއްލި ގޮތަކަށް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޖޭއެސްސީގެ ރައީސްގެ ގޮތުގައި ހުންނެވި ރިޒާ ކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އެކޮމިޝަންގެ ރައީސް ކަމުގެ މަގާމު ވަނީ ހުސްވެފައެވެ. ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރަށްވާފައިވާ ރިޒާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރީ ޖޫން 12، 2024 ގައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރިޒާގެ އިސްތިއުފާގެ ސިޓީ މިހާރުވަނީ ޖޭއެސްސީއަށް ފޮނުވާފައެވެ. ނަމަވެސް މިކަމާ ގުޅިގެން ޖޭއެސްސީން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ރިޒާ މަޤާމުން އިސްތިޢުފާ ދެއްވާފައިވާއިރު، ޖޭއެސްސީގެ ނައިބު ރައީސްކަމުގެ މަޤާމަށް އެ ކޮމިޝަނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަމްސީލް ކުރަށްވާ މެންބަރު ޔަޒްމީދު މުހައްމަދު މިމަހުގެ 23 ވަނަ ދުވަހު ވަނީ އިންތިޚާބު ކޮށްފައެވެ.

އޭގެއިތުރުން ކްރިމިނަލް ކޯޓަށް ދެ ޤާޟީންނާއި މެޖިސްޓްރޭޓް ކޯޓުތަކަށް މެޖިސްޓްރޭޓުން އައްޔަންކުރުމަށް މިރެއަށް ތާވަލުކޮށްފައިއޮތް އިވެންޓްވެސް މިހާރުވަނީ ކެންސަލް ކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކްރިމިނަލް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މުޒައްމިލް ނާސިރާއި، އަހްމަދު ޝާފިއުއެވެ.

ނަމަވެސް ރިޒާގެ އިސްތިއުފާ އާއި، މިރޭގެ ހަފްލާ ކެންސަލްވުމާ ގުޅުމެއް އޮތްކަން މިހާތަނަށް ކަށަވަރުވެފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު