ޕޫރްނީމާ ގަޖްމާ
ޕޫރްނީމާ ގަޖްމާ
ވީނުވީތަނެއް ނޭންގިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ މިއަދު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ، މާލޭގައި ދިރިއުޅޭ ނޭޕާލްގެ އުމުރުން 19 އަަހަރުގެ ޕޫރްނީމާ، ފެނިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މާލޭގައި ދިރިއުޅޭ ނޭޕާލްގެ ޕޫރްނީމާ ގަޖްމާ މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން، ދިޔަ ތަނެއް ނޭނގިގެން ފުލުހުންނަށް ރިޕޯޓްކުރީ، ގެއްލުނުތާ ދެ ދުވަސް ފަހުން އިއްޔެ އިރުއޮއްސުނު ފަހުންނެވެ.

އުމުރުން 19 އަަހަރުގެ ޕޫރްނީމާ ފެނިފައިވާއިރު، މާލޭން މީހުން ގެއްލިގެން ދޭތެރެ ދޭތެރެއިން ފުލުހުން އެމީހުން ހޯދުމަށް މަޢުލޫމާތު ހާމަކުރަމުން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު