މިއަހަރަށް ލަފާކުރި ބަޖެޓް
މިއަހަރަށް ލަފާކުރި ބަޖެޓް
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށައަޅާ ޖަލްސާ މާދަމާ އޮންނާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިޢުލާނު ކޮށްފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

ޤާނޫނުގައިވާ ގޮތުން، ކުރިއަށްއޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަހަރު ނިމުމުގެ ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހެއެވެ.

"2026 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ބާއްވާ ޖަލްސާ މާދަމާ އޮންނާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

މި އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.



ކިޔުންތެރިންގެ ހިޔާލު