އުމްރާވެރިން-
އުމްރާވެރިން-
ސައުދީ އަރަބިޔާއިން އުމްރާއަށް ވަނުމުގެ ވިސާގެ މުއްދަތު، ވިސާ ދޫކުރާ ތާރީހުން ފެށިގެން އެއް މަސްދުވަހަށް ކުޑަކޮށްފިއެވެ.

މީގެ ކުރިން ސައުދީ އިން އުމްރާ ވިސާ ތިން މަސް ދުވަހުގެ މުއްދަތަކަށް ދޫކުރެއެވެ. މި މުއްދަތު އެއް މަހަށް ކުޑަކުރިނަމަވެސް ޢުމްރާވެރިޔާ ސައުދީ ފުރައިގެން ދިއުމަށްފަހު އެތަނުގައި މަޑުކުރެވޭ މުއްދަތަށް އަދި ބަދަލެއް އައިސްފައި ނުވާކަމަށް އެގައުމުގެ ހައްޖާއި އުމްރާ މިނިސްޓްރީއާ ހަވާލާދީ އަލް އަރަބިޔާއިން ވަނީ ރިޕޯޓު ކޮށްފައެވެ. އެހެންކަމުން އެގައުމުގައި ތިން މަސް ދުވަހުގެ މުއްދަތަށް މަޑު ކުރެވޭނެ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ޖޫން މަހު ކުރީކޮޅުގައި އާ ޢުމްރާ ސީޒަން ފެށުނު ފަހުން، ބިދޭސީ ޢުމްރާވެރިންނަށް ދޫކޮށްފައިވާ ޢުމްރާ ވިސާގެ ޢަދަދު ހަތަރު މިލިއަނަށް ވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. މިއީ ރިކޯޑު އަދަދެއް ކަމަށާއި، ކުރީގެ ސީޒަންތަކާ އަޅާބަލާއިރު މިއީ ބޮޑު ކުރިއެރުމެއް ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

މިކަމާ ގުޅިގެން ސައުދީގެ ހައްޖާއި އިމްރާ މިނިސްޓްރީން ވަނީ ޢުމްރާ ވިސާގެ ޤަވާއިދުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

ބަދަލު ގެނެވިފައިވާ ޤަވާއިދުތަކުގައިވާ ގޮތުން، ޢުމްރާވެރިޔާ ސައުދީއަށް ވަނުމަށް ރަޖިސްޓަރީ ނުކޮށްފިނަމަ، ވިސާ ދޫކުރި ތާރީޚުން ފެށިގެން 30 ދުވަހަށް ފަހު އުމްރާ ވިސާ ބާތިލުވާނެ އެވެ. އާ ގަވާއިދުތަކަށް އަމަލު ކުރަން ފަށާނީ އަންނަ ހަފްތާއިން ފެށިގެން ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ނޭޝަނަލް ކޮމިޓީ ފޯ އުމްރާ އެންޑް ވިޒިޓްގެ އެޑްވައިޒަރު އަޙްމަދު ބާޖާޢިފަރު ވިދާޅުވީ، މި ނިންމުން މިނިސްޓްރީން ނިންމީ، ހާއްސަކޮށް ހޫނު މޫސުން ނިމި، މައްކާ އާއި މަދީނާގެ ފިނިހޫނުމިން ދަށްވުމާއެކު ޢުމްރާވެރިންގެ ޢަދަދު އިތުރުވާނެ ކަމަށް އަންދާޒާކުރެވޭތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ. މީގެ މަޤްޞަދަކީ ދެ ހަރަމްފުޅު ސިޓީގައި ދިމާވާނެ ތޮއްޖެހުން ހުއްޓުވުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް