ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފުތާގެ ތެރޭގައި 1.4 ލައްކައަށްވުރެ ގިނަ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ހަމައަށް ސްކޭމްގެ 35 މައްސަލަ ވަނީ ހުށަހަޅާފައެވެ.
މި މައްސަލަތަކުގައި ޖުމްލަ 372،515.59 ރުފިޔާ ގެއްލިފައިވާއިރު، އޭގެ ތެރެއިން 148،781.94 ރުފިޔާ އަނބުރާ ހޯދިފައިވާކަން ތަފާސް ހިސާަބުތަކުން ދައްކައެެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި 13 މައްސަލައެވެ. މީގެ އިތުރުން އިމްޕަރސަނޭޝަން ނުވަތަ މީހެއްގެ ނަމުގައި އޮޅުވާލުމުގެ 9 މައްސަލައާއި، ބޭރު ފައިސާ މާރުކުރުމާ ގުޅުންހުރި 6 މައްސަލަ ހިމެނެއެވެ. އަދި ތަފާތު ލިންކުތައް ފޮނުވައިގެންނާއި ވަޒީފާއާ ގުޅުންހުރި 6 މައްސަލަވެސް ވަނީ ރިޕޯޓްކޮށްފައެވެ.
ސްކޭމްކުރުމަށް ގިނައިން ބޭނުންކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ފޯންކޯލާއި، ފިޝިންގ ލިންކުތައް، އައިބޭ، އަދި ފޭސްބުކް މާކެޓް ޕްލޭސް ފަދަ އޮންލައިން މަންސަތައް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.
މަކަރާއި ހީލަތުން ރައްކާތެރިވުމަށްޓަކައި، އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި، އެޕްލިކޭޝަންތަކުގައި ޓޫ ފެކްޓަރ އޮތެންޓިކޭޝަން ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ބުނެއެވެ.
އަދި ސްކޭމްގެ މައްސަލައެއް ދިމާވެއްޖެނަމަ، ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވުމަށްޓަކައި އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ މުހިންމު ކަމެއް ކަމުގައިވެސް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު