އެއްވެސް މުޖްތަމައެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުފަދަ ބޭފުޅަކަށް މާފުނުކުރާނެ ކަމަށް ކުރީގެ ނާއިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައި ވަނީ ކަސްޓަމްސްގެ ކޮރަޕްޝަންގައި ބައިވެރިވުން އޮތް ކަމުގެ ތުހުމަތުގައި، ކަސްޓަމްސް އަށް 33 އަހަރު ހިދުމަތް ކުރެއްވި އޮފިސަރަކު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
އެކަމަށް އަލިއަޅުވާލައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ދރ. ޖަމީލް ވިދާޅުވީ ރައީސް ޑރ. މުއިއްޒަށް ވެރިކަން ލިބިފައިވަނީ ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމަށް ރައްޔިތުން ދިން ތާއީދުން ކަމަށެވެ. އެހެންނަމަވެސް މިއަދު ވެރިކަން ލިބުމުން އެހުރިހާ ވާހަކަތަކެއް ބޮލާލާޖަހާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން އެއްވެސް މުޖްތަމައެއްގައި އަދި ޑިމޮކްރަސީއެއްގައި މުއިއްޒު ފަދަ މީހަކަށް މާފު ނުކުރާނެ ކަމަށް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
އޭގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ ޑރ. މުއިއްޒު ފަދަ މީހަކަށް އެއްވެސް މުޖްތަމައެއްގައި އިތުބާރު ނޯންނާނެ ކަމަށާއި، އެއީ އަޚްލާަގުގެ ހުތުރު މިސާލެއްގެ ގޮތުގައި ކޮންމެ މުޖުތަމަޢެއްގައިވެސް ސިފަ ކުރާނެ ކަމަށެވެ.
ހަމައެއާއެކު ރައީސް ޑރ. މުއިއްޒަކީ ޣައްދާރެއް ކަމަށްވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވާއިރު، 33 އަހަރުވަންދެން ވަފާތެރިކަމާއެކު ދައުލަތަށް ހިދުމަތްކުރި މީހެއްގެ ދިރިއުޅުން ހަލާކުކޮށްލައި، އަބުރު ކަތިލައި، ދޮގު ތުހުމަތު ބޮލުގައި އަޅުވައި ވަޒީފާއިން ކަނޑާލާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ މީސްމީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު