ބަނގުރަލާއެކު ހައްޔަރުކުރި އަންހެން ފުލުހެއް ވަކިކުރަން ޑިސިޕްލިނަރީ ބޯޑުން ލަފާދީފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކޮށް، އެތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހު ކ. ތުލުސްދޫގައި އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެ އޮޕަރޭޝަނުގައި އެ ރަށުގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށް 23 އަހަރުގެ ތިން ފިރިހެނުންނާއި 27 އަހަރުގެ އަންހެނަކާއި 20 އަހަރުގެ އަންހެނެއް ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ މީހުން ތިބި ގެސްޓްހައުސްއިން ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 މިލިލީޓަރުގެ ދެ ފުޅިއާއި ތައްޓެއް ފެނުނު ކަމަށާއި ނަމަވެސް އެ މީހުން ކޯޓަށް ހާޒިރުނުކޮށް ދޫކޮށްލި ކަމަށެވެ. އަދި އެ މީހުން މަސްތުވާތަކެއްޗަށް ނެގެޓިވް ވެފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ކޮންސްޓަބަލް ރޭންކުގައި ހުރި އަންހެން ފުލުހަކު ހިމެނޭ ކަމަށެވެ. އެއީ ކޮންސްޓަބަލް އާމިނަތު މާޔާ ހުސެއިން ބަޝީރެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑުކޮށް އެ މައްސަލަ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން އޭނާ ވަޒީފާއިން ވަކިކުރުމަށް ލަފާ ދީފައިވާ ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު