ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މިހާރުގެ މަސައްކަތަކީ މަގުފޮޅައި ސާފުކޮށް ކުކުޅު ކަތިލައި ރައީސަށް ވެދުންކުރުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީޙް މިހެން ވިދާޅުވީ މަޖީހުގެ މެންބަރުންނަށް ފާޑު ވިދާޅުވެ މީސްމިޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.

އެގޮތުން މަލީޙް ވިދާޅުވީ، ރައްޔިތުން ތަމްސީލުކުރަން މަޖިލަށް މެމްބަރުން ފޮނުވުމުގެ މަޤުސަދު ހާސިލުނުވާ ކަމަށާއި، މެންބަރުން އަދާދަނީ އެމީހުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްތު ނޫން ކަމަށެވެ.

"މިއަދު މެމްބަރުންގެ މަސައްކަތަކީ ރައީސް ރަށަށް ވަޑައިގަންނަވާއިރަށް މަގު ފޮޅާ ސާފުކޮށް ގޭގަ ހުންނަ ކުކުޅު ކަތިލާ ރައީސަށް ވެދުންކޮށް، އަގަޔާ އަތާ ދިމާނުވާ ރައްޔިތުން ނެރެ ސަފުހަދާ ނެތް ތާއީދު ދެއްކުން." މަލީޙް ވިދާޅުވިއެވެ.



މަލީހް މިހެން ވިދާޅުވެފައިވާއިރު، އިންތިޚާބުވާ ޕާޓީގެ ވިޕްލައިނާ ޚިލާފުވެއްޖެނަމަ ރައްޔިތުންގެ މަޖިލީހުން މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައީ 2014 ނޮވެންބަރު 20 ގައެވެ. އެ މައްސަަލަ ހުށަހެޅި ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެދުވަހު ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގުވެސް ކުރައްވައިފައެވެ.

އެއިސްލާޙް ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އެކޯޓުގައި ޕާކްކޮށްފައިވާއިރު މައްސަލަ ހުށައެޅިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް