2026ގެ ބަޖެޓް ފޮތް
2026ގެ ބަޖެޓް ފޮތް
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ 64 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް 15 މިނެޓް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފިއެވެ.

އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ، ބަޖެޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓު ދިނުމާއެކު، ބަޖެޓް ދިރާސާ ކޮމިޓީގެ ރިޕޯޓަށް ކޮންމެ މެމްބަރަކަށް ހަތް މިނެޓްގެ ވަގުތެއް ދިނުމަށެވެ. އަދި ފިނޭންސް މިނިސްޓަރަށް 45 މިނެޓުގެ ވަގުތެއް ދޭން ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ބަޖެޓް ބަހުސަށް ކޮންމެ މެންބަރަކަށް 15 މިނެޓް ދިނުމަށް ފާސް ކޮށްފައިވާއިރު، އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ މާލީ އަހަރަށް ހުށަހަޅާ ބަޖެޓަކީ 64،202،565،720 ރުފިޔާ ކަމަށެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާ 9.3 ބިލިއަން ރުފިޔާގެ ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި، އަންނަ އަހަރުގެ ބަޖެޓަކީ 55.0 ބިލިއަން ރުފިޔާ ކަމަށެވެ.

"މިއީ 2021 ވަނަ އަހަރު ސަރުކާރުން އިޝޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކުގެ އިތުރުން، އޭގެ ކުރިން އިޝޫކުރި 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް އަނބުރާ ދައްކަން ހަމަޖެހިފައިވާތީ، ދަރަނި އަނބުރާ ދެއްކުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން އައި އިތުރުވުމެއް." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވާރުތަވި ސުކޫކާއި ބޮންޑު އަނބުރާ ދެއްކުމުގެ ޚަރަދު ނުލައި މި ހިނގާ 2025 ވަނަ އަހަރަށް ވުރެ ކުޑަ ބަޖެޓެއްކަން މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް