ކުރެންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ޓިކްޓޮކް ބާއްކޮ ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޅ. ނައިފަރު، ނޭޒާގޭ ޢަބްދުލް ބާސިޠު ޙަސަންފުޅު ހައްޔަރު ކޮށްފައިވަނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.
އެގޮތުން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުރެންދޫ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ކުރެންދޫ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސް ކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 7 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން ޢަބްދުލްބާސިޠު ޙަސަންފުޅުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ އިތުރަށް ތަޙުޤީޤް ކުރަމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު