ޞާލިހު އަމަލު ކުރާ މުއުމިނުންނަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ދެއްވާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްްޖެއެވެ.
"ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން" މި މައުޟޫއަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުތުބާގައި ބުނީ ބާއްޖަވެރިކަމާއި އުފާވެރިކަން ހޯދުމުގައި، މުސްކުޅިއެއް ޒުވާނެއް، މުއްސަންޖެއް ފަޤީރެއް، މުސްލިމެއް ޣައިރު މުސްލިމެއް ތަފާތެއް ނެތް ކަމަށެވެ.
ހުތުބާގައި ބުނީ މިއަދު ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އުފާވެރިކަމާއި ބާއްޖަވެރިކަން އޮތީ މުދަލާއި ފައިސާއާއި، ޖާހާއި މަންސަބާއި، މަޝްހޫރުކަމުގައި ކަމަށެވެ. ނަމަވެސް ކަން އޮތީ އެހެންނަކުންނޫން ކަމަށާއި އެއްވެސް ޝައްކެތްނެތް ގޮތުގައި ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
ޙަޤީޤީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަން ދެއްވުމުގެ ބާރު ލިބިވޮޑިގެންވަނީ الله سُبْحَانَهُ وَتَعَالَىއަށް ކަން ފާހަގަަކުރަމުން ހުތުބާގައި ބުނީ އެކަލާނގެއަށް ކިޔަމަންތެރިވުމުން މެނުވީ މިކަންކަން ޙާޞިލެއްނުވާނެ ކަމަށެވެ.
އިންސާނާ ޚަލްޤުކުރެއްވީ ގަދަކީރިތިވަންތަ الله سُبْحَانَهُ وَتَعَالَى ކަމަށާއި އެ އިންސާނާ ބާއްޖަވެރިވާނޭ ކަންކަމާއި އަބާއްޖަވެރިވާނޭ ކަންކަން ވެސް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
"ހުރިހައި ތަކެއްޗެއް ހެއްދެވި ރަސްކަލާނގެ (އެ ތަކެތި) ދެނެވޮޑިގެންނުވާނޭހެއްޔެވެ؟ އަދި އެކަލާނގެއީ، އޯގާވަންތަކަންބޮޑު، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން ކަމަށެވެ. އަދި އިސްލާމްދީނަކީ الله سُبْحَانَهُ وَتَعَالَى އިންސާނުން މި ދުނިޔޭގައި ދިރިއުޅުމަށް ޓަކައި އިޚްތިޔާރުކުރައްވައިފައިވާ މަގު ކަމަށާއި އެއީ ނަފުސުގެ ހަމަޖެހުމާއި ހިތްތައް އިޞްލާޙުގެ މަގަށް ގެންދާ ފުރިހަމަ ނިޒާމު ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ އިތުރުން ހުތުބާގައި ބުނީ ޞާލިޙު ޢަމަލުކުރާ މުއުމިނުންނަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ދެއްވާނެކަމަށް، الله سُبْحَانَهُ وَتَعَالَى ވައުދުވެވޮޑިގެންފައި ވާކަމަށެވެ. އެހެންނަމަވެސް އިސްލާމްދީނާ ދުރުވެ، މާތް ﷲގެ މަގުން އެއްކިބާވާ މީހުންނަށް އޮތީ އޭގެ އިދިކޮޅު ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު