މާލެއިން މުދާ ބަރުކޮށްގެން 12 މީހުންނާއެކު ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު، ވ. ފެލިދޫ ކައިރި ފަރަކަށް އަރައި އުޅަނދުގެ ބޮޑުބައި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މާލެއިން ފުރައިގެން ގއ. އަތޮޅަށް ދަތުރުކުރި ފަހިރޯޅި ދޯނި، ވ. ފެލިދޫ ހުޅަނގުން 5 ނޯޓިކަލް މޭލު ބޭރުން ފަރަކަށް އެރުމާ ގުޅިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން ޑައިވަރުންނާއެކު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ މާލެއިން މުދާ ބަރުކޮށްގެން ގދ. ފަރެސްމާތޮޑާއަށް ދަތުރުކުރި ފަހިރޯޅި ބޯޓު، ވ. ފެލިދޫ ކައިރިން ފަރަކަށް އަރާފައިވާކަމުގެ މައުލޫމާތު އިއްޔެ ފަތިހު 05:01 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ބޯޓުގައި ތިބި 12 މީހުން ފުލުހުންގެ އެހީތެރިކަމާއެކު ފެލިދޫއަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހަ ދަތުރުވެރިން ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެއީ ދިވެއްސަކާއި ފަސް ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ދެން އެ ބޯޓުގައި ތިބީ ބޯޓުގެ ކައްޕިއާއި، ވެރިފަރާތާއި، ހަތަރު ބިދޭސީ ފަޅުވެރިންނެވެ.
ފުލުހުން ބުނީ ބޯޓު ފަރަށް އަރައި، ބޯޓުގެ މައްޔާ ފަޅައިގެން ގޮސް ދިޔަވެ، ބޯޓުގެ ބޮޑު ބައި މިހާރު އޮތީ އަޑީގައި ކަމަށެވެ. މި ހާދިސާ ހިނގި ގޮތް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު